ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް
އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް އައިސްފައި ވަނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވައުދުވާ މަލްޓިފޭސް ސީސްފަޔާރ އަކަށެއެވެ. ރިޝް ބުންޏެވެ.
"އަހަންނަށް ދެންމެ ނަސޭހަތްތެރިވީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމެއް އިއުލާން ކުރި ކަމަށް. ނަމަވެސް އަހަރެމެން އެންމެން އުފާފާޅު ކުރުމުގެ ކުރިން ސާފުކޮށް އެނގޭ ގޮތުގައި އަހަރެމެން އެންމެން ވެސް ބޭނުންވާނީ އެކަން ކިހާ ރަނގަޅަށް ތަންފީޒު ކުރެވޭތޯ ބަލަން،" ރިޝް ބުންޏެވެ.
މި އެއްބަސްވުން ވެފައިވަނީ އެމެރިކާ، މިސްރު އަދި ގަތަރުގެ ފެސިލިޓޭޓަރުންގެ މެދުވެރިކަމުގައި ގަތަރުގެ ވެރިރަށް ދޯހާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ނުސީދާ ގޮތެއްގައި ކުރިއަށް ގެންދިޔަ ހަފްތާތަކެއް ވަންދެން ވަރުގަދަ މަޝްވަރާތަކަކަށް ފަހުގަ އެވެ. ރައީސް ބައިޑަންގެ ވެރިކަމާއި އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމުގެ މަންދޫބުން ވެސް ތިއްބެވިއިރު، އެއްބަސްވުމެއް ނިންމުމަށް ފަރާތްތަކަށް ޕްރެޝަރު ކުރި އެވެ.
އިސްރާއީލުން ވެސް އަދި ހަމާސް އިން ވެސް ވަގުތުން މި އެއްބަސްވުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ދެ ފަރާތުން ވެސް މިހާތަނަށް 15 މަހަށް ވުރެ ގިނަ ދުވަހު ހިނގި އެންމެ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް މަޝްވަރާތަކާ ގާތް އޮފިޝަލުން އެންޕީއާރަށް ބުނެ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ "ހައްލު ނުކުރެވި ހުރި ބައެއް ނުކުތާތަކެއް" އަދިވެސް އެބަހުރި ކަމަށާއި ނަމަވެސް "މިރޭ ތަފްސީލުތައް ފައިނަލް ކުރެވޭނެ" ކަމަށް އުންމީދުކުރާ ކަމަށެވެ.
މި އެއްބަސްވުމާ ބެހޭ ފަންނީ ބައެއް ތަފްސީލުތައް އަދި ސާފު ނުވާއިރު، އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްރާއީލުގެ ކެބިނެޓުން ރަސްމީކޮށް ތަސްދީގު ކުރަން ޖެހޭނެ އެވެ.އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް ބެލެވޭ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ސަރުކާރުގެ ބައްދަލުވުމަކަށް އިސްރާއީލަށް އެނބުރި ދިއުމަށް ޔޫރަޕަށް ކުރާ ދަތުރު ކުރުކުރަމުންދާ ކަމަށެވެ.
އެގައުމުގެ ސަގާފަތާއި ކުޅިވަރު މިނިސްޓަރު މިކީ ޒޯހަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކެބިނެޓްގެ އެކުވެރިންނާ އެކު އެ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ވޯޓު ދެއްވާނެ ކަމަށެވެ. "މި އެއްބަސްވުމަށް ތާއީދުކޮށް ވޯޓު ދިނުމަކީ ސަރުކާރުގެ ކޮންމެ ވަޒީރެއްގެ ވާޖިބެއް،" ޒޯހަރު ވިދާޅުވި އެވެ.
މީގެ ކުރިން ބުދަ ދުވަހު ހަމާސްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ޖަމާއަތުގެ އިސް ލީޑަރުންގެ ތެރެއިން އެކަކު ކަމަށްވާ މުހައްމަދު ދަރުވިޝް އާއި ޣައްޒާގެ އެތެރޭގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެހެން ފެކްޝަނެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިޔާ ޒިޔާދު އަލް ނަޚަލާގެ ބައްދަލުވުމެއް ސިފަކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ މަޝްވަރާގައި "މި ބުރުގެ މަޝްވަރާތައް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބާރުއެޅި" ކަމަށެވެ.
ކޮމެންޓް