މާފުށީގައި އޮތް ލޯންޗެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފުށީގައި އޮތް ލޯންޗެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. މާފުށީ ގޮނޑުދޮށުގައި އެހެލަާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން މި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ލޯންޗުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ހަބަރު އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 12:34 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސްދުވަރެއް ކަމުން ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް ލަފާކޮށް އައްޑޫ ސިޓީ އިން ފެށިގެން ފުވައްމުލައް ސިޓީ އަށް އޮރެންޖް އެލާޓްވެސް މެޓް އޮފީހުން ވަނީ ނެރެފައެވެ. މެޓުން ވަނީ މި ދުވަސްވަރު ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.

އޮރެންޖް އެލާޓަކީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވި އަދި ވިލާގަނޑުގައި 63 މާލެށް ވައިގަދަވާނެކަމަށް ލަފާކޮށް ނެރޭ އެލާޓެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.