އާ ނިޝާން ހިމެނޭ 100 ރުފިޔާގެ ނޫޓު މި މަހު ތައާރާފް ކުރަނީ

އަލަށް ޗާޕްކުރި 100 ރުފިޔާގެ ނޫޓުގެ އާ ޑިޒައިން

"ރ" ގައި އިތުރު ރޮނގުބުރިއެއް ހިމެނޭހެން ތައާރަފް ކުރި ނިޝާނާ އެކު ޗާޕްކުރާ 100 ރުފިޔާގެ އާ ނޫޓު މި މަހުގެ 19 ވަނަ ދުވަހު ތައާރަފްކުރަން ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

ދިވެހި ރުފިޔާގެ އާ ނިޝާން ހިމަނާފައި ވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މި ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމްއެވެ.

މި ނޫޓް ޗާޕްކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެ ތާރީހް ނޫޓުގެ ތިރީ ކައިރި ފަށުގައި ޖަހާފައިވާނެ ކަމަށާއި މިލާދީ އަދި ހިޖުރީ ތާރީހު މުހައްރަމް 1، 1446 ވެސް އެ ނޫޓުން ފެންނާނެއެވެ. 100 ރުފިޔާގެ އާ ނޫޓު ތައާރަފް ކުރާ އިރު، ކުރީގެ 100 ރުފިޔާގެ ނޫޓު ވެސް ދައުރު ކުރަމުން ދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބާޒާރަށް ނެރުނު ދިވެހި ފައިސާ "ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.