މީގެ ކުރިން މީހަކު އެމްބިއުލެންސް އަކަށް އަރުވާ މަންޒަރު
މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދާ ހަބަރު ހުސްވި މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އިން މީހަކު ހަބަރު ހުސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ މ. މޫން ޑްރޮޕްސް/ އަހުމަދު ޝަރީފު، 58 އަހަރެވެ.
ކޮމެންޓް