އަޒްލީންގެ ކެންޑިޑެސީ ފޯމު ހަވާލުކުރަނީ
ޕީޕީއެމް އިން ފެށިގެންވެސް ޕާޓީއަށް ހިދުމަތްކުރަމުންދާ ބޭފުޅެއް
ހިންނަވަރު ދާއިރާގެ ޕީއެންސީގެ ނައިބު ރައީސްކަމަށް ޅ. ހިންނަވަރު ބާޣުބޭދާ އަލީ އަޒްލީން އިސްމާއިލް ފޯމު ހުށައަޅައިފިއެވެ.
މި މަގާމަށް ކުރިމަތިލި ފުރަތަމަ ފަރާތަކީ އަޒްލީންއެވެ. އަޒްލީން މި މަގާމަށް ކުރިމަތިލައިފައިވަނީ ދާއިރާގެ ރައްޔިތުންނާއެކު މަސައްކަތް ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރުމުންނެވެ. މީގެއިތުރުން ދާއިރާގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ބޭނުންވާތީއެވެ. އަދި ރަށުގެ ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާތީއެވެ.
އަޒްލީން އަކީ ޕާޓީގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޕީޕީއެމް އިން ފެށިގެންވެސް ދަނީ ޕާޓީއަށް ހިދުމަތްކުރަމުންނެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޕެއިންގައި ރަށުގައި ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އަޒްލީން ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ކެންޕެއިން ކުރުމުގެ ގޮތުން އެންމެ ބޮޑަށް ބޭނުން ކުރައްވާނީ މީސް މީޑިއާގެ މަންސަތަށް ކަމަށެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިންގަވާނޭ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ނޮވެމްބަރ 9 ވަނަ ދުވަހުއެވެ.
ކޮމެންޓް