ސްޕާއެއް ބަލާ ފާސް ކުރަނީ
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ، އެތަންތަނަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގައި އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަދި އެފަރާތްތަކަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް ނޯޓިސްދީފައިވާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޓީމުން ވެސް ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް