ޑިމޮކްރެޓުންގެ ނެޝަނަލް އެސެމްބްލީ
ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން އިންތިހާބުކޮށްފި އެވެ.
ޑިމޮކްރެޓުންގެ ނެޝަނަލް އެސެމްބްލީގައި 130 މެމްބަރުން ތިއްބަވާއިރު މިރޭގެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ޕާޓީގެ އާ ރައީސް އިންތިހާބު ކުރަންވެސް ފާސްކޮށްފަ އެވެ.
އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސްގެ ޒިންމާއާ ހަވާލުވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން ނައިބް ރައީސްއެއްގެ ގޮތުގައި ހުންނެވި އަލައިކާ އަދުނާން އެވެ.
ޑިމޮކްރެޓުންގެ ނޭޝަނަލް އެސެމްބްލީގެ މިރޭ ބައްދަލުވުމުގައި އެ ދެ ބޭފުޅުންގެ މެދުގައި ނެގުނު ވޯޓުން ފިރުޝާން ކުރި ހޯއްދެވީ 29 ވޯޓު ހޯއްދަވައިގެންނެވެ. އަލައިކާއަށް ލިބުނީ 14 ވޯޓެވެ.
ކޮމެންޓް