ސްޓެލްކޯ ބިޒްނަސް ސެންޓަރު ނިންމާލުމުގައި މުވައްޒަފުންގެ ދައުރުވަރަށް ބޮޑު : ފަހުމީ

ސްޓެލްކޯގެ ބިޒްނަސް ސެންޓަރު

ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނީ ސްޓެލްކޯގެ ހިތްވަރުގަދަ، ހިދުމަތްތެރި، ހުނަރުވެރި މުވައްޒިފުންގެ ސަބަބުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ޑިޒައިންކޮށް ކުރު މުއްދަތެއްގައި ބިނާކުރުމުގައި ސްޓެލްކޯގެ މުވައްޒަފުން ކުރި ހިދުމަތުން ލިބުނު ކާމިޔާބީއަށް ތައުރީފް ކުރައްވާ ކަމަށެވެ.

އެ ކުންފުނީގެ މުވައްޒަފުން އިސް ނަގައިގެން މި މަސައްކަތް ކުރުމުން ކުންފުނިން މި ޕްރޮޖެކްޓަށް ކުރަން ޖެހޭ ހޭދައިން ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ވެގެންދާނީ ސްޓެލްކޯ ޓީމުގެ ހުނަރާއި، ތަޖުރިބާ އާއި، ސާބިތުކަން ދައްކުވައިދޭ، އިނޮވޭޓިވް ޑިޒައިންއާއި މޮޅު ކުޅަދާނަކަމުގެ ވިދާ މިސާލެއްގެ ގޮތުގައި ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި މަސައްކަތް އަގުވަޒަން ކުރުމުގައި ސްޓެލްކޯގެ މެނޭޖްމަންތް ދެމި ތިބޭނެ ކަމަށާއި ދެން އިންތިޒާރު ކުރަނީ އެ ސެންޓަރު ރަސްމީކޮށް ހުޅުވާނެ ދުވަހަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ ސެންޓަރު ހުޅުވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.