އަލީ އަމީން
ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ކަފުރުތޮޅިގެ، އަލީ އަމީން (32އ) އެވެ.
އަލީ އަމީން ހައްޔަރުކުރީ ފެޑްއެކްސް ކުރިއަ ސާވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، މި މަހުގެ ހަތްވަނަ ދުވަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ކަމަށެވެ.
އަލީ އަމީން ހައްޔަރުކޮށް ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 213 ގުރާމް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އަލީ އަމީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަތް ދުވަހަށް ވަނީ ބަންދުުކުރުމަށް ނިންމާފަ އެވެ.
ކޮމެންޓް