މަސައްކަތް ކުރާ ސައިޓަކުން ބޮޑުބަޑި ފެނިއްޖެ
ޗާނދަނީމަގުގައި އިމާރާތް ކުރުމަށް ރޭގަ އިރާދަމު ވަގުތެއްގައި ކޮންނަމުން ދިޔަ ތަނަކުން ވަޅުލާފައި އޮތް ބުރުޒު ބަޑިއެއް ފެނިއްޖެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ލިމިޓެޑްގެ ފަރާތުން ޗާނދަނީމަގު 23 ނަންބަރު ފިހާރަ ހުރި ބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 11 ފަންގިފިލާގެ ކްރިއޭޓަރ ހަބް އިމާރާތް އެޅުމަށް ހާއްސަކޮށްފައިވާ ބިން ކޮންނަމުން ދަނިކޮށް ވަޅުލާފައި އޮތް ބުރުޒު ބަޑިއެއް ފެނުނުކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ބަޑި ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ. އެ ވައްތަރުގެ ބަޑިތަކެއް ދަރުލް އާސާރުގައިވެސް އެބަހުރި ކަމަށެވެ. ބޮޑު ރަސްގެފާނުވެސް އޭގެ 14 ބޮޑު ބަޑި ބައްލަވައިގެންނެވި ކަމަށާއި، އެކަމަކު ފެނުނީ ސީދާ އެ ވައްތަރެއް ބަޑިތަކެއްކަން ޔަގީންނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް