ކަނޑުގަދަ
މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ،ފާހާނާތަކުން ނަޖިސް ލީކުވުމާއި ގުޅިގެން 44 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް(އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާ 7 ގޭބީސީއެއްގެ 44 ފަރާތަކަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ހަމަޖައްސައިދީފައިވާކަމަށެވެ.
ރޭ މާލެ އަށް ކުރި ވިއްސާރައިގައިވެސް މާލޭގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފް އިން ބުނީ މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން މިހާތަނަށް 18،201 ޓަނުގެ ފެން ހިންދާފައިވާކަމަށެވެ.
ކޮމެންޓް