ރައީސުލްޖުމްޖޫރިއްޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ މިދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްގެ ދައުވަތަކަށް ހަތަރު ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ދަތުރުފުޅު ނިމޭނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ދެ ގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ގުޅިގެން ކުރިއަށް ދެވިދާނެ ފުރުސަތުތައް ބައްލަވާނެ ކަމުގައި ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
ކޮމެންޓް