މާލެ ޖަލު
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ.
ޑްރަގް ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި އޭނާ ވަނީ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ގައިދީއަކަށް ޑްރަގް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރިނަމަވެސް، އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅައިފައި ނުވާކަމަށެވެ.
މީގެ ކުރިންވެސް ޖަލަށް މަސްތުވާތަކެތި ވައްދާ މައްސަލަ ފެންމަތިވެ، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް ދައުވާ އުފުލާފައިވެއެވެ. އެހެންނަމަވެސް މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް