ހައިވޭގައި ހެލްމެޓް ނާޅައި ސައިކަލް ދުއްވި ދެ މީހުން ޖޫރިމަނާކޮށްފި

ހައިވޭގައި ހެލްމެޓް ނާޅައި ސައިކަލް ދުއްވި ދެ މީހުން ޖޫރިމަނާކޮށްފި

ހުޅުމާލެ ހުޅުލެ ހައިވޭގައި ހެލްމެޓު ނާޅައި ސައިކަލް ދުއްވި ބަޔަކު ޖޫރިމަނާކޮށްފި އެވެ.

ހައިވޭގައި ދެ މީހަކު ހެލްމެޓް ނާޅައި ސައިކަލް ދުއްވާފައި ދަނިކޮށް މީހަކު ވަނީ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

މިވީޑިއޯ އާންމުވުމާ އެކު އާންމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މި މީހުންނަށް ފިޔަވަޅު އެޅުމަށާއި ފުލުހުން މިހާރަށް ވުރެ ބޮޑަށް މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް އެދިފަ އެވެ.

މިމައްސަލައިގައި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ދެމީހުންނަށް ފުލުހުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އެ ދެ މީހުންވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ހިދުމަތަކަށްވާނެ." ޝިފާން ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގައި ބައެއް މީހުން ހެލްމެޓް ނާޅައި މަދުން ނަމަވެސް ސައިކަލް ދުއްވަ އެވެ. އަދި ބައެއް މީހުން އެހެން މީހުންގެ ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އާދަޔާ ހިލާފަށް ބާރަށް އަދި މަގުމަތީގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އުޅަނދު ދުއްވަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.