ވެމްކޯއިން ގޭޓް ފީ 212 ރުފިޔާއިން 106 ރުފިޔާއަށް ވަނީ ކުޑަކޮށްފައި

ވެމްކޯ ވެހިކަލް

ވެމްކޯ ޚިދުމަތްދެމުން އަންނަ ސިޓީތަކާއި ރަށްރަށުގެ ކުނި އުކާލާ އަމިއްލަ އުޅަނދުތަކުން ނަގާ ގޭޓް ފީ ކުޑަކޮށްފިއެވެ.

ވެމްކޯއިން ވިދާޅުވީ ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓުފީއަށް މިއަދުން ފެށިގެން މުހިންމު ބަދަލެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން، އަމިއްލަ ފަރާތްތަކުން ގޭޓުފީގެގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގުކުޑަކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އެގޮތުން މިއަދުން ފެށިގެން ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ގޭޓް ފީ ކުޑަކޮށްފައިވާިއރު ވެމްކޯއިން ޚިދުމަތްދެމުންއަންނަ ރަށްރަށުގެ ގޭބިސީތަކުގެ ކުނި ބިލް، މިމަހުން ފެށިގެން ކަރަންޓު ބިލުގައި ހިމަނައިގެން އަގުނެގުމަށް ވަނީ ނިންމާފައެވެ.

ވެމްކޯއިން މިހާރު އަންނަނީ މާލެ ސަރަޙައްދުގެ އިތުރުން ސިޓީތަކާއި ލ. ފޮނަދޫއާއި ކ. މާފުށްޓާއި ހިންމަފުށީގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ. އެ ހުރިހާ ރަށެއްގައިވެސް މިހާތަނަށް ޚިދުމަތް ދެމުންއައީ އެއްވެސް އަގެއް ނުނަގައެވެ. ނަމަވެސް މިމަހުން ފެށިގެން ވެމްކޯއިން ޚިދުމަތް ދެމުން އަންނަ ސަރަޙައްދުތަކުގައި އަގު ނަގަން ވަނީ ނިންމާފައެވެ.

ވެމްކޯއިން ކުނީގެ ޚިދުމަތްދޭ އަގުތަކަށް ބަލާއިރު ކޮންމެ ގޭބިސީއަކަށް އަގު ކުރަނީ 150 ރުފިޔާއެވެ. އަދި ވިޔަފާރީތަކަށް ނަގަނީ ކޮންމެ ދުވަހަކަށް ލިޓަރަކަށް 20 ލާރިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.