ހިސާން މަޖިލީހުގައި
އެ މަގާމަށް އައްޔަނުކޮށްދިނުމަށް އެދުނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން އައްޔަން ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭގައި ފާސްކޮށްފިއެވެ.
ހިސާންެ އެ މަގާމަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ގައުމީ މަޖިލިހުގެ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި 40 މެމްބަރުން ވެސް ވޯޓު ދެއްވިއެވެ.
ހިސާން އެ މަގާމަށް އައްޔަނުކޮށްދިނުމަށް އެދުނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއެވެ. ޝާހިދު ވަނީ ޕާޓީގެ ލީޑަރޝިޕްގައި އަންހެނުން މަދު ކަމަށް ވިދާޅުވެފައެވެ.
ހިސާނަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި 19 ވަނަ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރު ކަމުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރެއްވި އެވެ.
ކޮމެންޓް