ސިޔާސީ އެކްޓިވިސްޓުން މޮޔައިން ކަމުގައި ވެއްޖެ

ޒުބައިރު ފާރޫގް

ވެމްކޯގެ ކުރީގެ މުވައްޒަފަކު އެ ކުންފުނީގެ މަސައްކަތު ސައިޓުތަކަށް ގޮސް އާންމު މަސްލަހަތު ނަގާލައިފިއެވެ.

މީނާ އެތައް ފަހަރެއްގެމަތީން އެކި ދުވަސްމަތީން އެ ކުންފުނީގެ އެކިއެކި ސައިޓުތަކަށްގޮސް މުވައްޒަފުންނަށް މިގޮތަށް އުނދަގޫކޮށްހަދާކަމަށް އެތަނުގެ މުވައްޒަފަކު މަޢުލޫމާތު ދިނެވެ.

"ވާކަމެއް ހަރާން، ފުލުހުންނަށްވެސް މި އުނދަގޫ ހުއްޓުވޭނެ ގޮތެއް ނުފެނުނު، ރައީސް ޔާމީނުގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ހުޅުވާލި ފުރުސަތުގައި މީނާއަށް ވަޒީފާ ލިބުނީ؛ ނަފުސާނީ ބައްޔެއް ހުންނާތީ ސަރުތު ހަމަވެގެން ކަމަށްވަނީ" ޒާތީ ދިރިއުޅުމަށް ދަތިކޮށްފާނެކަމުގެ ބިރަަށް ނަން ހާމަކުރަން ބޭނުންނުވާ ވެމްކޯގެ މުވައްޒަފަކު މައުލޫމާތުދިނެވެ.

އިތުރަށް މައުލޫމާތު ލިބުނު ގޮތުގައި އެތަނުގެ ކުރީގެ މުވައްޒަފު ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ ޒުބައިރު ފާރޫގް (56އ) ވަނީ މީގެކުރީންވެސް ވޭސްޓް މެނޭޖްމަންޓްގެ މާލެ ސްޓޭޝަންއަށް ވަދެ އެތަނުގެ އެމް.ޑީ މުޖުތަބާއަށާއި ސްޓާފުންނަށް ބިރުދައްކައި، އިންޒާރު ދީފައެވެ. އެފަހަރު މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ދޫކޮށްލާފައިވަނީ ނަފުސާނީ ބަލީގެ މީހެއްކަމަށް ދައްކުވައިދޭ ކާޑެއް އޮތީމައެވެ.

"ތިޔަވިދާޅުވާ ފަދަ ބައްޔެއް ހުރިމީހަކު މީސްމީޑިޔާގައި ދައްކާފައި އެހުރި ވާހަކަތަކުން އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް އެކަކަށްވެސް ގަބޫލެއް ނުކުރެއްވޭނެ، ސިޔާސީ އެކްޓިވިސްޓަކަށް އެފަދަ ކާޑެއް ލިބިފައި އޮވެދާނެ، އޭގެ މާނައަކީ މުޖުތަމަޢުގެ ތެރެއަށް އެފަދަ މީހުން ދޫކޮށްލާފައި ބޭތިއްބުމަށް އޮތް އުޒުރެއްވެސް ނޫން" ވެމްކޯގެ ސުޕަވައިޒަރެއް ބުންޏެވެ.

އެފަދަ ބަލިމީހުނަށް ދައުލަތުން ހަރަދުކޮށްގެން ހިންގާ ފެސިލިޓީތައް އެބަހުރި، ކ. ގުރައިދޫގައިވެސް އެބަހުރި، ކީއްވެތޯ މުޖުތަމަޢުގައި އެފަދަ މީސްމީހުން ދޫވެފައި އެތިބީ، ފާރޫގު އެކަންޏެއް ނޫން، މާލޭގެ މަގުމަތީން އެތައް ބަޔަކު އެބައުޅޭ" މި ފެންނަނީ ސިޔާސީ އެކްޓިވިސްޓުން މޮޔައިކަމުގައި ވެގެން ދާތަން" އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.