މަގުމަތީގައި ވެހިކަލް މަރާމާތުކުރަމުންދިޔަ ފަރާތެއް މާލެ ސިޓީ ކައުންސިލުން ހުއްޓުވައިފި

މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުމަތީގައި ޤަވާއިދާ ޚިލާފަށް ވެހިކަލް މަރާމާތުކުރަމުން ދިޔަ ފަރާތެއް މާލެ ސިޓީ ކައުންސިލުން ވަނީ ހުއްޓުވާލާފައެވެ.

މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާގޮތަށް މިފަދا މަސައްކަތްތައް ކުރުމަކީ މަނާކަމެއްކަމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

މާލެ ސިޓީ ކައުންސިލުން މިކަން ހުއްޓުވާލީ، މަގުމަތީގައި މިފަދަ މަސައްކަތްތައް ކުރުމަކީ ހަމައެކަނި މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވުމުގެ އިތުރުން، ތިމާވެއްޓަށް ގެއްލުން ލިބި، މަގުމަތި ހަޑިވެ، ސާފުތާހިރުކަން ގެއްލޭ ކަމެއްކަމަށް ވާތީއެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ބަޔާންކުރި ގޮތުގައި، ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަންވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ގަރާޖުތަކާއި ވަރކްޝޮޕްތަކުގައެވެ. އަދި މިފަދަ ޤަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ކައުންސިލުން ޤަވާއިދުން މޮނިޓަރކޮށް، ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިފަދަ ކަންކަމާ ގުޅިގެން ޢާންމު ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާކަމަށާއި، މާލޭގެ މަގުތަކަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭނުންކުރެވެންޖެހޭނެ ތަންތަން ކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.