ދަރިވަރުން ސުކޫލްގައި
ސްކޫލްތަކުގެ ދެވަނަ ޓާމްގެ މިޑް ބްރޭކްއަށްފަހު ކިޔެވުން އަލުން ފަށައިފި އެވެ.
ދެވަނަ ޓާމްގެ މިޑް ބްރޭކްއަށް ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމްގައި ދަރިވަރުން 85 ދުވަހު ކިޔަވާފައިވެ އެވެ. އަދި ދެވަނަ ޓާމްގައި 105 ދުވަހު ކިޔަވާނެ އެވެ.
ކުރިއަށްމިދާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ 96،000 ދަރިވަރުންނާއެކު އެވެ. އެގޮތުން ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން އަދި ޕްރައިވެޓް ސްކޫލުތަކުގައި 13،000 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.
ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ވަނީ ފަށާގޮތަށް ހަމަޖެހިފައެވެ.
ކޮމެންޓް