ރާއްޖެ އާއި އިންޑިއާއިން ކަނޑައެޅި ލަނޑުދަނޑިތައް ވަޒަން ކުރުމަށް ދެވަނަ ބައްދަލުވުމެއް ބާއްވައިފި

ރާއްޖެ އާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވަޒަން ކުރުމަށް މިއަދު އެ ގުރޫޕުގެ ދެވަނަ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ކަމަށާއި، މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ކަމަށެވެ.

ރާއްޖެ އިންޑިއާ ހައި ލެވެލް ކޯ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ލީޑަރުން އެކުލަވާލެއްވި ތަސައްވުރު ތަންފީޒުކުރުމަށް މަޝްވަރާކުރުމަށް އުފެއްދި ގުރޫޕެކެވެ. މި ގުރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރާއްޖޭގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ދަތުރުފަތުރުގެ ނިޒާމާއި، ދަނޑުވެރިކަމާއި، މަސްވެރިކަން އަދި އިގުތިސޯދީ ދާއިރާގެ އިތުރުން ސިއްހީ ދިފާއީ އަދި މެރިޓައިމް ދާއިރާ އާއި ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައި ކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަން ކުރުންވެސް މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ގިނަ މިނިސްޓްރީތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.