އެފްއެސްއެމް ތެޔޮބޯޓް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ގެންދާ ބޯޓެއް ގއ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރަށް އަރައިފިއެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިހު މީޑިއަތަކަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ތެޔޮ ބޯޓު ފަރަށް އެރީ ނިލަންދޫގެ ހުޅަނގު އުތުރު ފަރާތަށް ކަމަށެވެ.
އެފްއެސްއެމް ބޯޓާއި ހަވާލާދީ ނާސިހު ވިދާޅުވީ ފަރަށް ބޯޓު އެރުމުގެ ސަބަބުން ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު އެފްއެސްއެމްގެ އެހެން ބޯޓަށް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަކަމަށެވެ.
އެ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާ އެކު އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ތެޔޮ ލީކުވަމުންދާތޯ ވެސް ބަލަމުންދާކަމަށާއި ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައްވެސް ބަލާނެކަމަށް ނާސިހު ވިދާޅުވިއެވެ.
ކޮމެންޓް