މާލެ މަގުމަތީގައި ފެންގަނޑު
މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިއްޔެ ކުރި ވިއްސާރައިގައި އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެ އެވެ.
މީގެތެރެއިން 554 ރިކުއެސްޓައަކީ ވެލިބަސްތާ ޖެހުމަށް އެދި ލިބުނު ރިކުއެސްޓް ކަމަށާއި 53 ގެއެއްގެ ރެޕިޑް އެސެސްމެނެްޓް ހެދިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި ސިފައިންގެ އިތުރުން ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ސްކައުންޓުން ހަރަކާތްތެރިވެފައިވެ އެވެ.
ކޮމެންޓް