ސިޓީސް ވުޒާރާއަކީ ކައުންސިލްތަށް ބާރުވެރި ކުރުމަށްޓަކައި ހެދިފައިވާ ވުޒާރާއެއް: ޢިނާޒު

އިންޓަވިއުގެ ތެރެއިން އިނާޒު

އަމިއްލައަށް ޓިކެޓް ނަގައިގެން އަންނަނީ، ޖަލްސާތަކަށް މުޒާހަރާތަކަށް އިވެންޓުތަކަށް އައިސްފައިވޭ

ޢިނާޒް ޢަލީ އަކީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ތައާރަފްވުމާއެކު ބޭއްވުނު އިންތިޚާބުގައި ވާދަކުރައްވާ، ހޮވިވަޑައިގެން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ޢިނާޒް ވަނީ ނަޑެއްލާ ކައުންސިލްގެ ރައީސްކަން ކުރައްވާފައެވެ. އަދި އެ ދައުރު ނިމުމާއެކު، އަތޮޅު ކައުންސިލްއަށް ކުރިމަތި ލައްވާ، އިންތިޚާބުވެވަޑައިގެންފައެވެ. އެގޮތުން ޢިނާޒް ވަނީ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވާފައެވެ. ޢިނާޒް ވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާފައެވެ. މިހާރު ޢިނާޒް ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރާ ވުޒާރާއެވެ.

ޢިނާޒް އާއި މިނެޓްސް އޮންލައިންގެ ސިޔާސީންގެ ޕްރޮގްރާމުން ބައްދަލުކޮށްލާ އިންޓަވިއު ކޮއްލީމެވެ.

ޢިނާޒްގެ ސިޔާސީ މަސައްކަތް ފެށިގެން ގޮސްފައިވަނީ ރާއްޖެއަށް އިސްލާހީ މަސައްކަތް ތައާރަފްވުމާއި ގުޅިގެންނެވެ. އޭރުގައި ޢިނާޒް އެއްވެސް ޕާޓީއަކާއި ނުގުޅިއެވެ. އޭރުގައިވެސް ވިސްނުން ހުރީ ޤައުމަށް، ރައްޔިތުންނާއި ހެވާއި ލާބައަށް ކަމަށް ޢިނާޒް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ނެގުނު ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންގެ ޕާޓީއާއި ގުޅި، މަސައްކަތް ކުރަން ފެށުނު ކަމަށް ވިދާޅުވިއެވެ. މިހާ ހިސާބަށް އައި އިރުވެސް ޕާޓީ ބަދަލުވިޔަސް ފިކުރަކީ ހަމަކުރީގެ ފިކުރު ކަމަށް ޢިނާޒް ހާމަކުރެއްވިއެވެ.

ޢިނާޒް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމުން ޕާޓީން މުޒާހަރާތަށް ކުރަމުންދިޔައެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ޕާޓީއަށް ދިމާވި ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށް ޢިނާޒް ސިފަކުރެއްވިއެވެ. އެގޮތުން އަމަލީ މަސައްކަތުގައި ޢިނާޒު ވަނީ މުޒާހަރާތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޢިނާޒް ވަނީ ޕާޓީން ބޭއްވުނު ކޮންމެ ޖަލްސާއަކަށް ވެސް އަމިއްލަ ހަރަދުގައި އައިސް ބައިވެރިވިއެވެ.

"މިދިޔަ 5 އަހަރު ނޯންނާނެ އަޅުގަނޑު ބައިވެރި ނުވާ އެއްވެސް ބޮޑު އިވެންޓެއް، ޕާޓީގެ ލީޑަރޝިޕްއަށް، މިއަދުގެ ވަޒީރުންނަށް އިނގެ ވަޑައިގަންނަވާނެ. އަމިއްލައަށް ޓިކެޓް ނަގައިގެން އަންނަނީ، ޖަލްސާތަކަށް މުޒާހަރާތަކަށް އިވެންޓުތަކަށް އަންނަނީ" ޢިނާޒް ވިދާޅުވިއެވެ.

ޢިނާޒް ހަރަކާތްތެރިވަމުންދާ ވުޒާރާއަކީ ކައުންސިލްތަކާއި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ވުޒާރާއެކެވެ. ވުޒާރާ އުފެދުނު އިރު، އިދިކޮޅު ފަރާތަތަކުން ވަނީ މި ވުޒާރާއަކީ ކައުންސިލްތަކުގެ ބާރު ކަނޑާލުމަށް އުފެދުނު ވުޒާރާ އެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވުޒާރާ އުފެދުނުތަނުން، އިދިކޮޅު ފަރާތްތަކުން ރައްޔިތުން ތެރޭގައި، ހާއްސަކޮށް ކައުންސިލަރުން ތެރޭގައި ކަންބޮޑުވުން އުފެދޭ ކަހަލަ ފެތުރި. އިދިކޮޅު ފަރާތްތަކުން އެންމެ ބާރަށް ދެއްކި ވާހަކަތަކަކީ، ރައްޔިތުންގެ ބާރު ކަނޑުވައިލަން، ކައުންސިލްތަކުގެ ބާރު ކަނޑުވައިލަން އުފެއްދި ވުޒާރާއެކޭ، އެޓޯލްސް މިނިސްޓްރީ އަނބުރާ އައީ އޭ. މިހާރު ހުރިހާ ކައުންސިލްތަކުންވެސް ގަބޫލުކުރާނެ އަޅުގަނޑުމެން ވުޒާރާއަކީ ކައުންސިލްތަށް ބާރުވެރި ކުރުމަށްޓަކައި ހެދިފައިވާ ވުޒާރާއެއް ކަން" ޢިނާޒު ވިދާޅުވިއެވެ.

ޢިނާޒުއާއެކު ވަރަށް ގިނަގުނަ ވާހަކަތަކެއް ދައްކާލަން ލިބުނެވެ. އިތުރަށް ދެކެވުނު ވާހަކަތަށް މިނެޓްސް އޮންލައިންގެ ސިޔާސީންގެ ޕްރޮގްރާމް ބައްލަވާލައްވާށެވެ.

ޢިނާޒު އާއި ބައްދަލުކޮއްލެވުނީ ސަމަރ މޯލްޑިވްސް ހޮޓެލްގެ ހިތްގައިމު މާހައުލުންނެވެ. އެގޮތުން ސަމަރ ކްލައުޑް ރެސްޓައުރަންޓް އަކީ ވަރަށް ހިތްގައިމު މާހައުލެއް އަދި އެހާމެ ރީތި މަންޒަރަކާއެކު ކެއުމެއް ނުވަތަ ބުއިމެއް ބައްލަވާލަން އިހްތިޔާރުކޮއްލަން ރަނގަޅު ރެސްޓައުރަންޓެކެވެ. އަދި ސަމަރ މޯލްޑިވްސް ހޮޓަލކީ ހިތްގައިމު ރޫމްތަކާއެކު އެހާމެ ފުރިހަމަ ހިދުމަތް ތަކެއް ފޯރުކޮއްދޭ ހޮޓެލްއެކެވެ.  

 

20240707_224633.jpg

 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.