މާލޭގައި ފެން އުފެއްދޭ ކެޕޭސިޓީއަކީ 20000 ޓަނު

އެމްޑަބްލިއުއެސްސީގެ ކަސްޓަމާސާވީސް ބިލްޑިން

މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ގާއިމްކުރެވިފައިވާ ޕްލާންޓްތަކަކީ ފެނުގެ ޚިދުމަތް ދިނުމަށް ދުވާލަކު 20000 ޓަނުގެ ފެން އުފައްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މާލެ ސަރަޙައްދުގައި މިހާރު ދުވާލަކަށް 11000 ޓަނަށްވުރެ ގިނަ އަދަދަކަށް ފެން ބޭނުންވެއެވެ.


ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުން އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަމަށެވެ.

އެގޮތުން މާލެ އަދި ހުލުމާލެ ހިމެނޭހެން، 5000 ޓަނުގެ ފެން އުފައްދާ އިތުރު ދެ ޕްލާންޓް ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މަތީން ވިދާޅުވީ މި ޕްލާންޓާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު %30 އިތުރުކުރެވޭނެކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރު ފުރިހަމަކުރުމަކީ އެ ކުންފުނީގެ ޢަމާޒެއްކަމަށް މަތީން ވިދާޅުވިއެވެ.

"އައު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިވަނީ ފަށާފައި. ހުޅުމާލޭގައި 5000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5000 ޓަނުގެ ޕްލާންޓެއް މި ހޯދަނީ. 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާނަން. އަޅުގަނޑުމެންޖެ އަމާޒު ހުރީ، ފެން އުފައްދާ ކެޕޭސިޓީ ދެ ގުނައަށް އިތުރުކުރުން." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.