‎ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ވިޟަނަރީ ލީޑަރެއް : މުންތަޘިމް

މުންތަޘިމް

‎ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ވިޟަނަރީ ލީޑަރެކެވެ.

ރައީސް ޑރ. މުޢިއްޒު އަކީ ވިޟަނަރީ ބޭފުޅެއްކަމަށް މުންތަޘިމް މިހެން ވިދާޅުވީ ރައީސް އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރުއަށް ވަޑައިގެންއެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްހުމްހޫރިއްޔާ އެމަނިކުފާނު ކިރިޔާވެސް ވަގުތެއް ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ އަރިހަށް ވަޑައިގެން ހާލު ވަރަށް ގާތުންބަލާނެ ރައީސްއެއް އަދި އެކަންއިނގިގެންދިޔައީ ރަށްރަށަށް ކުރުވަމުންގެންދަވާ ދަތުރުފުޅުތަކުންނެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނު ރަށްރަށަށް ކޮއްދެއްވާނެކަމަށް ވިދާޅުވިކަންތައްތަށް ފޮތެއްގައި ލިޔުއްވައި އެންމެނަށް ފެންނާނެގޮތަށް ހެއްދެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާކަމަށް މުންތަޘިމް ވިދާޅުވިއެވެ.

މުންތަޘިމް ވިދާޅުވީ ކ.ގާފަރަކީ ގައުމަށް ރީތިނަން ހޯދައިދޭ ކުޅަދާނަ ދިވެހި ދަރިންތަކެއްވެސް އުފައްދާފައިވާ ރަށެއް އަދި ފަހުރުވެރިކަމާއެކު ފާހަގަކުރަން ގާފަރަކީ މަޟްހޫރު ދުވުންތެރިޔާ ޟާހިދުގެ އުފަންރަށެވެ. މިރަށުގެ ސިއްހީމަރުކަޒުވަނީ ވަރައްބޮޑަށް ބާވެ ހަސްފަސްނެތޭނެ ހިސާބަށްގޮއްސައެވެ. އެމްޑީޕީގެ ސަރުކާރުގައި އިމާރަތްއެޅުމަށް ސޮއިކުރުންނޫން އެހެން އެއްވެސްކަމެއް ހިނގާފައެއްނުވެ. އެހެންކަމުން އަޅުގަނޑުމެންގެ ދާއިރާ ރައްޔިތުންގެ އުންމީދަކީ ހަގީގީ ސިފައިގައި ފެނިގެންދިޔުން އަދި އެތަނުގެ ހިދުމަތް މަނިކުފާނުގެ މިދައުރުގައި ރައްޔިތުންނަށް ލިބިގެންދިޔުމެވެ.

މުންތަޘިމް ވިދާޅުވީ ކާށިދޫއަށް ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރަށުގެ މަގުތަށް ރަނގަޅުފެންވަރަކަށް ހެދުން، ސަބަބަކަށްވަނީ ރަށްބޮޑުވުމާއި ތަންތަނަށް ދިއުމުގައި ދުއްވާއެއްޗެހި ބޭނުންކުރަން ޖެހުނުއިރު މަގުތަކުގައި އަޑިގުޑަން ހުރެ ވާރޭވެހޭ ދުވަސްތަކުގައި މަގުތައް ޗަކަވެ ތަކުލީފު އުފުލަންޖެހުމެވެ. ކާށިދޫގެ ޒުވާނުންވަނީ މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައެވެ. ޒުވާނުން މުޖުތަމާއުއަށް އަނބުރާ ގެނައުމަކީ ކޮންމެ ރައްޔިތެއްގެވެސް އުންމީދެކެވެ. ރައީސުލްހުމްހޫރިއްޔާގެ ހަރުދަނާ ވިސްނުންފުޅާ ސިޔާސަތުގެތެރެއިން މަސްތުވާތަކެތި ނައްތާލުމަށް ކުރައްވަމުން ގެންދަވާ އަޑު ދާއިރާގެ ރައްޔިތުން އަންނަނީ އަހަމުންނެވެ. ކާށިދޫގައި ރިހަބް ގާއިމްކުރެވި އެތަނުގެ ހިދުމަތް ލިބިގެން ދިޔުންއެއީ މައިންގެ ހިއްތަކަށް ތަސައްލީއެއް ލިބިގެން ދާނެދުވަހެކެވެ.

ކާށިދޫ ދާއިރާގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ވަރަށްބޮޑެތި ތަހައްމަލްތަކެއް ކުރަމުންނެވެ. އެގޮތުން އަދަޔާހިލާފަށް ބަލިތަކެއް ތަހައްމަލްކުރަމުންދާ އައިލާތަކެއް އެބައުޅެއެވެ. ޅައުމުރުގައި ނާރުތަކުގެބާރުގޮސް އެނދުމަތިވާ ބަތްޔެކެވެ. މިކަމުން އަރައިގަނެވޭނެގޮތެއް ފެނުންމީ އެ ތަހައްމަލް ކުރަމުންދާ އައިލާތަކުގެ ވަރަށްބޮޑު އުންމީދެއްކަމަށް އަދި އެފަރާތްތަކަށް ބޭނުންވާ ތެރަޕީ ސެންޓަރއެއް އެޅުމަށް ސަރުކާރުންނިންމާފައިވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ތައުލީމާއި ސިއްހީ ދާއިރާގެ މަޝްރޫއުތައް މިއަންނަ އަހަރު ފެށުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ހަމައެއާއެކު ރަށުގެ ތަރައްގީގެ ކަންކަން ތާށިނުވެ ކުރިއަށް ގެންދިއުމަށް އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގާފަރަށް ވަޑައިގަތީ އއ. އަތޮޅުގެ ތިން ރަށަކަށް އިއްޔެ ވަޑައިގަތުމަށްފަހު އެެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.