އަހްމަދު ޒައިމް
މި ފެށުނު އައުއަހަރަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް މުހިއްމު ބޮޑު އަހަރެއް ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ “ހުޅުމާލޭ އިންޓަރނޭޝަނަލް ޓާމިނަލް ހެޑް “ އަހުމަދު ޒައިމް ވިދާޅުވެއްޖެއެވެ.
މި ފެށޭ އައުއަހަރުގެ ތަހުނިޔާ އެމްޕީއެލްގެ ހުރިހާ މުވައްޒަފުންނަށާއި ރައްޔިތުންނަށް ފޮނުއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން މި ނޫހުގެ ފަރާތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވަނީ 2025 ވަނަ އަހަރަކީ ފާއިތުވި އަހަރަށް ވުރެއް މާ އުޖާލާ އުއްމީދީ އަހަރެއް ކަމުގައި ވެގެން ދާނެކަމަށެވެ.
https://www.facebook.com/share/p/5v5JLuQxEZnTqFQM/?mibextid=wwXIfr
އެގޮތުން ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު އިބުރާހިމުގެ ދުރުވިސްނުމުގައި އޮޕަރޭޝަނަލް ފެސިލިޓީތަކުގެ ކާގޯ ހެންޑްލިންގ ޕްރޮސެސްތައް އިންސްޕެކްޝަން ހަރުދަނާކޮށް މަސައްކަތްތެރީންގެ ސޭފްޓީ ޕްރޮޓޮކޯލް ޒަމާނީ ކުރުން ހިމެނޭކަމުގައި ދެންނެވިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފެސިލިޓީތަކަށް އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.މުޢްތަލިބް ޒިޔާރަތްކުރައްވައި އެ ކުންފުނީގެ މަސައްކަތްތައް މުރާޖަޢާ ކުރުމުގެ މަސައްކަތްތަށް ފައްޓަވާފައިވާކަން ފަހަގަ ކުރެއްވިއެވެ.
ގައުމީ ލޮޖިސްޓިކްސް އާއި ޝިޕިން އޮޕަރޭޝަން ޒަމާނީ ކުރުމަށް ހިންގާ ޕޯޓް ރިލޮކޭޝަން ޕްރޮޖެކްޓްގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ޒައީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތްތަށް ގައުމަށް، އިތުރު މަންފާއާއި ލާބަ ލިބިގެން ދާނެކަމަށްވެސް ވިދާޅުވިއެެވެ.
ޒައީމްއަކީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ތާރީހުގައި އެތަނުގައި މަސައްކަތްކުރައްވާ އެންމެ ޒުވާން އެޗް.އޯޑީ އެވެ.
ކޮމެންޓް