މެޗުގެ ތެރެއިން
ސޮސް ބޮއިޒް މޮޅުވެފައިވަނީ 1 ލަނޑުން، ޓޮރާ ބޮރާ މޮޅުވީ 2 ލަނޑުން
ހިންނަވަރު ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފޯރިގަދަ މެޗުތަކެއް އިއްޔެވެސް ކުރިޔަށް ގޮއްސިއެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ސޮސް ބޮއިޒް އާއި އެފްސީ މަކާއުގެ މެޗު ނިމިފައިވަނީ 0 - 1 އިން ސޮސް ބޮއިޒް މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ސޮސް ބޮއިޒްގެ ޖާރޒީ ނަންބަރު 44 އައިހަމް ސައީދުއެވެ. އައިހަމް ވަނީ މި މެޗުގެ ހަމައެކަނި ލަނޑު ޖަހާފައެވެ.
އިއްޔެގެ ދެވަނަ މެޗުގައި އެފްސީ ހޯޕް އާއި ޓޮރާބޮރާގެ މެޗު ނިމިފައިވަނީ 1 - 2 އިން ޓޮރާ ބޮރާ މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ޓޮރާ ބޮރާގެ ޖާރޒީ ނަންބަރު 2 އަޙްމަދު އައިހަމްއެވެ. އައިހަމް ވަނީ މި މެޗުގައި 1 ލަނޑު ޖަހާފައެވެ.
މިއަދުވެސް ވަރަށް ފޯރިގަދަ މެޗުތަކެއް މި މުބާރާތުގައި ކުރިޔަށްދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޔަންގ ބޮއިޒް އާއި އެފްސީ މަކާއު ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މެޗުގައި ސޮސް ބޮއިޒް އާއި ރިވަރސައިޑް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް