މަގާމުގައި ހުރެ ފަޒުލް ވަނީ ކުރަން ނުޖެހޭ ކަންކަން ކޮށްފައި: އަޒާން

އަޒާން

އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަގާމުގައި ހުންނަވައިގެން ކުރަން ނުޖެހޭނެ ފަދަ ގިނަ ކަންކަން ފަޒުލް ކުރައްވާފައިވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ އިސްވެރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަަމަށް އަޒާން ވިދާޅުވިއެވެ.

ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ފަޒުލް އިސްތިއުފާ ދެއްވާފައި ވަނީ މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ފެއްޓި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަރާތަކަށް ހުޅުމާލެއިން ގޯތި ދިން މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކޮށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުން ވަނީ ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.