ފަޒުލްއާއި އެޗްޑީސީ ބޯޑު މެންބަރުން ސަސްޕެންޑުކޮށްފި

ފަޒުލް

ވެރިފައި ކުރުމެއް ނެތި ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން ބޯޑު މެންބަރުން ސަސްޕެންޑުކޮށްފިއެވެ.

އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނައިރު މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީން) ކުރި އިއުލާނެއްގައި ބުނީ، އެޗްޑީސީއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕީސީބީން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިހާރުން ފެށިގެންް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ޕީސީބީން ވަކި ގޮތެއް އަންގަންދެން ފަޒުލްވެސް ސަސްޕެންޑުކޮށް، އޮފީހަށް ނުނުކުމެވޭ ގޮތަށް އަންގާފައިވާކަމަށް ޕީސީބީން ވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.