ކުޅުމުގެ ތެރެއިން
މިއަދުގެ މެޗުގައި ކުރީ އަހަރުގެ ޗެންޕިއަން ކުޅޭނެ
ހިންނަވަރު ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) ޗެންޕިއަންޝިޕް ފަށައިފިއެވެ.
މި ޗެންޕިއަންޝިޕްގެ މެޗްތަށް ވަނީ އިއްޔެ ފަށާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކުޅެފައިވަނީ ރިވަރސައިޑް އާއި ޔަންގް ބޯއިޒްއެވެ. މި މެޗް ކާމިޔާބުކޮށްފައިވަނީ 2 - 1 އަކުން ރިވަރސައިޑްއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިވަރސައިޑްގެ އައިހަމް ހަމްދޫންއެވެ.
ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ އެފްސީ މަކާއު އާއި އެފްސީ ހޯޕްއެވެ. މި މެޗް 1 - 0 އަކުން ކާމިޔާބުކޮށްފައިވަނީ އެފްސީ މަކާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ފޮވިފައިވަނީ އެފްސީ މަކާއު އަދި މެޗުގެ ހަމައެކަނި ގޯލުޖެހި އަޙްމަދު އަބްދުﷲއެވެ.
މިއަދުވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓޮރާ ބޮރާ އަދި ކުރީއަހަރުގެ ޗެންޕިއަން ޓީމު ސޮސް ބޯއިޒް ކުޅޭނެއެވެ. އަދި ދުވަހުގެ ދެވަނަ މެޗުގައި ރިވަރސައިޑް އާއި އެފްސީ މަކާއު ބައްދަލުކުރާނެއެވެ.
ކޮމެންޓް