ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވުން މުހިއްމު: ރައީސް

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވުން މުހިއްމު: ރައީސް

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވުން ހަރުދަނާ ވުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލް އަގްވާމީ އާއިލާތަކުގެ ފދުވަހުގެ މުނާސަބަތުގައި ދިވެހި އާއިލާތަކަށްް ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ. 

ރައީސް ޑރ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައިވަނީ ގައުމީ ލޯތްބާ، ގައުމީ ހިދުމަތާ، ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިންކަމެވެ. އެހެންކަމުން ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިއްމުކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

ކޮންމެ އަހަރެއްގެވެސް މޭ 15 ފާހަގަކުރަނީ ބައިނަލް އަގްވާމީ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. 

މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "މޫސުމީ ބަދަލުތަކާއި ގުޅިގެން ޢާއިލާތަކަށް ކުރާ އަސަރު" އެވެ. މި ޝިއާރުގެ ބޭނުމަކީ މޫސުމީ ބަދަލުތަކާއި އެކު އާއިލާތަކަށް ކުރަމުންދާ އަސަރުތަކަށް ޤައުމުތައް ހޭލުންތެރިކުރުވުމެވެ. 

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ. އދ އިން މި ދުވަސް ފާހަގަކުރަން ފެށީ އާއިލީ މައްސަލަތަކަށް އިސްކަންދީ އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ނިޔަތުގައެވެ. މީ މިދުވަސް  ފާހަގަކުރާތާ 31 ވަނަ އަހަރެވެ. 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.