ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ

މުސްތަޤުބަލާ ޙަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި އެވެ.

އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މާފަންނު މަދަރުސާގެ އަހަރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަދަރުސާގެ ތަރައްޤީއަށްޓަކައި އެ ސްކޫލުން ސަރުކާރުގައި އެދޭ ކޮންމެ ކަމެއް، ކުރިއަށް އޮތް ތަނުގައިވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.  މާފަންނު މަދުރަސާ ބެލެހެއްޓުންތެރި ފަރާތުގެ ގޮތުގައި މި ވަގުތު އޮތް މާލޭ ސިޓީ ކައުންސިލުންވެސް ސަރުކާރާ ގުޅިގެން، ސްކޫލުން އެދޭ ކަންކަން ފުރިހަމަކޮށްދެއްވުމަށްއެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން އެ މަނިކުފާނު ވަނީ، މިއަދުގެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ފަރާތުން 2 ދަރިވަރަކު އެ މަނިކުފާނަށް ދެންނެވި ފަދައިން، އިސްރަށްވެހިންނަށްވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯރގައި، ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާޙައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި، އެ ރޮނގުން މުދައްރިސުން ބިނާކޮށް، ތަމްރީނު ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.