ޑެޕިއުޓީ ޑިރެކްޓަ ހަސަން މަނިކު
އޭސީސީ ރެކްރިކްރިއޭޝަން ކްލަބްގެ ހިޔާނާތުގެ މައްސަލައެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މަނިކު ސަސްޕެންޑްކޮށްފިއެވެ.
އެސީސީން ބުނީ، އޭސީސީ ރެކްރިކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީނެ އެ ކްލަބް ހިންގަމުން މިދާ ދައުރުގެ މާލީ ހިސާބުތަކާ ގުޅިގެން މިހާރު ކުރަމުންގެންދާ އޮޑިޓާ ގުޅިގެން އެ ކްލަބުގެ ރައީސް އާ ގުޅުން ހުރި ބައެއް ކަންކަން މި މަހުގެ 12 ވަނަ ދުވަހު ފާހަގަކޮށް ކޮމިޝަންގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެ ކްލަބްގެ ރައީސް އަކީ ކުރީ ދައުރުގައި ވެސް އެ ކްލަބްގެ ރައީސް ކަން ކުރެއްވި އަދި މެމްބަރުންގެ ބިއުރޯގެ ހެޑް ހަސަން މަނިކެވެ.
މި މައްސަލަ އާ ގުޅިގެން ހަސަން ކޮމިޝަންގައި އަދާކުރާ މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތުން ވަނީ ދުރުކޮށް ސަސްޕެންޑްކޮށްފައެވެ. އަދި އޭނާ ވަޒީފާ އަދާ ކުރާ މަގާމާ ގުޅުން ނެތް، އެ ކޮމިޝަންގެ އެހެނިހެން މަސްއޫލިއްޔަތުތަކުން ވެސް ވަނީ ދުރުކޮށްފައި ކަމަށް އޭސީސީން ބުނެއެވެ.
މި ކަމާ ގުޅިގެން އެ ކްލަބްގެ އާންމު މެންބަރުންނަށް ކްލަބް ހިންގާ ކޮމިޓީން މައުލޫމާތު ދީ، މިކަން ވަނމީ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައި ކަމަށް އޭސީސީން ބުނެއެވެ.
އެ ކޮމިޝަންގެ މުވައްޒަފުންގެ ސުޅޫކާ ގުޅޭ ކަންކަމުގައި ވަޒީފާއާ ބެހޭ ގާނޫނުގެ އިމުގެ ތެރެއިން އެލޭނެ ފިޔަވަޅުތައް އަބަދުވެސް އަޅަމުން ދާނެ ކަމަށެވެ. އަދި މި މައްސަލައިގައި ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އޭސީސީން ބުނެއެވެ.
ކޮމެންޓް