ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލި 3 ޒުވާނުން
މި ފެށުނު 2025 ވަނަ އަހަރާ ދިމާކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ބޭނުންކުރިކަމުގެ ތުހުމަތުގައި ތިން ޒުވާނަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ބަނގުރަލުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންނަކީ:
އިބްރާހީމް އަކްމަލް އަބްދުއްސައްތާރު، ހެޕީ ޑްރީމް / އައްޑޫ ހުޅުދޫ (19އ)
އަހްމަދު އާނިޝް، ޗާންދަނީގެ / އައްޑޫ ހުޅުދޫ (22އ)
އިސްމާއީލް މާހީން މުސްތަފާ، ގ. ރެއިންބޯ / މާލެ (26އ)
މި ތިން ޒުވާނުން ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި، އާ އަހަރާ ދިމާކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެކަމަކު މި ތިން ޒުވާނުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
ކޮމެންޓް