ކުރިއަށް އޮތްތަނުގަ ފުލުހުންގެ އައިއޯއިންނަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވާނެ: ސީޕީ

ފުލުހުން

އިންވެސްޓިގޭޝަން އޮފިސަރުންނަށް ރައްޔިތުން ކުރާ އިތުބާރު ކުރިއަށް އޮތްތަނުގަ މިހާރަށް ވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ވާނުވާ ނޭނެގޭ މައްސަލައަކީ ރައްޔިތުންގެ ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަމާޒަކީ މައްސަލަ ބައްލަވާ އައިއޯ އިން މަދުވެގެން 14 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތައް ގުޅާ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭ މިންވަރަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށެވެ.

ބައެއް އަތޮޅުތަކުގައި އެގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އައިއޯ އިން މިހާރުވެސް ހިއްސާކުރަންޖެހޭ މައުލުމާތުތައް މައްސަލަ ހުށަހަޅާ ފަރާތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހިއްސާކުރަމުންދާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެ މައްސަލައިގައި ވާނުވާ ނޭނގޭ މައްސަލައަކީ ތަކުރާރުވާ ކަމެއް ކަމަށެވެ.

އައިއޯ އިންނަކީ ވަރަށް މަދު ބައެއް. ކޮންމެ އައިއޯ އަކަށް ޖެހޭ މައްސަލައިގެ އަދަދަށް ބަލާއިރު ކޮންމެ އައިއޯއަކަށް ވަރަށް ބައިވަރު މައްސަލަތަކެއް އެބަހުރި. ސަބަބަކީ ޤާނޫނަށް އެންމެ ފަހުން ގެނައި ބަދަލުގަ އައިއޯއިންނަކީ ވަކިކަހަލަ ތަމްރީނުތަކެއް ހާސިލްކޮށްގެން ތިބި ބައެއްގެ ގޮތުގަ ނިންމި ނިންމުމުގަ ކޮލިފިކޭޝަން ނެތް ވަރަށް ގިނަ އައިއޯއިން އެ މަސައްކަތެއް ނުކުރާނެ. ރަނގަޅު އައިއޯއިން ތަމްރީނު ކުރުމުގެ މަސައްކަތްވެސް އެބަކުރަން.

ސީޕީ ވިދާޅުވީ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު އަނެއްކާވެސް އިތުރުވެގެންދާނެ ކަމަށެވެ.

ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ފުލުހުންގެ މަސައްކަތުން ދައްކާދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.