އެމްޓީސީސީ
މި ޕްރޮމޯޝަން ކުރިޔަށްދާނީ 31 ޑިސެމްބަރ 2024 ގެ ނިޔަލަށެވެ.
އެމްޓީސީސީން ތައާރަފްކުރި ޕްރޮމޯޝަންގެ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ ގިނަ ޕްރޮޑަކްތަށް ލިބިވަޑައިގަންނަވާނެއެވެ. "ކަށަވަރު ޕްރޮމޯ 2024" ގެ ދަށުން ސުޒުކީ އިންޖީނާއި. އިންޖީނުގެ ސްޕެއަރ ޕާރޓްސްއާއި، ކާސްޓްރޯލް އަޑީތެލާއި، ސްކޮޓްބޭޑަރ ފައިބަރު ސާމާނާއި، ޕީޕީޖީ ކޯޓިންގ އާއި، މަރޯލް ހުންގާނު ސިސްޓަމާއި، އިންޑަސްޓްރިއަލް ގޭހާއި، އޮޑިދޯނިފަހަރަށް ބޭނުންވާ އެހެނިހެން ސާމާނުން ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުގައި 60 ހޯސްޕަވަރުގެ 1 ލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ.
"ކަށަވަރު ޕްރޮމޯ 2024" ކުރިޔަށްދާ މުއްދަތުގައި އިތުރު ހަރަކާތްތަކެއް އެމްޓީސީސީން ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެގޮތުން، އުޅަނދުފަހަރުގެ ސާވިސް އިންސްޕެކްޝަން ކުރިޔަށް ދެންދިޔުމާއި، މެއިންޓެނަންސް އާއި ބެހޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުތަކަށް ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކޮ ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި. އިންޖީނު ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކަން އިތުރު ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އެމްޓީސީސީން ރާވާ ހިންގައެވެ.
ކޮމެންޓް