ފާޑުކިޔުންތަކަށް ރައީސްގެ ރައްދެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން ހަރަދުކުޑަކުރުމަށާއި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން އަމާޒުވަމުންދާ ބޮޑެތި ފާޑުކިޔުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ދައުލަތުން އާންމުކޮށް އެންމެންނަށް ދެމުންދިޔަ ސަބްސިޑީތައް މިހާރު ވަނީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް އުސޫލުތައް ބަދަލުކުރުމަށް ނިންމާފަ އެވެ.

އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ވަނީ ބައެއް ޓެކްސްތައް ބޮޑުކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ޑޮލަރުން ލިބޭ އާމްދަނީގެ ބައެއް މާރުކުރަންޖެހޭ ގޮތަށް ހަދާފަ އެވެ.

ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީންނާއި ބައެއް އާންމުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް މިއަދު ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް "ވަރަށް ސާފުވާ ތަން ކުރިއަށް އޮތް ތާނގައި އިތުރަށް ފެންނާނެ" ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރި ކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށެވެ.

ސަރުކާރުން ހަރަދުކުޑަކުރުމަށާއި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ފެށީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް އެކަމުގެ ލަފާ ދިނުމާ ގުޅިގެންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.