އއ. އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި
އއ. އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ކަމަށެވެ.
ފުލުހުން ބުނީ މި ކުއްޖާއަށް ފަރުވާދެމުން އަންނަނީ އުކުޅަހު ސިއްހީ މަރުކަޒުގައި ކަމަށާއި އަދި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓް ހިނގީ މި ކުއްޖާ ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ވެއްޓިގެންކަމަށް ފުލުލުހުން ބުނެއެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ އުކުޅަހު ހިއްކި ސަރަހައްދުގައިކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު 14:30 ގައި ކަމަށާއުި މި ހާދިސާ ތަހުގީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް