ހަސީބު
ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކޮށްފައި ވަނީ 2019 ގައި
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 24 އަށް ހަމަވާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެއްވި ކަމަށެވެ.
އެ މުއްދަތުގައި މަގާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އީސީއަށް އައްޔަން ކުރުމަށް ފެނިވަޑައިގަންނަވަނީ ހަސީބު ކަމަށް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
"ވީމާ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތުގެ މަތިން އަބްދުލް ހަސީބް އިސްމާއިލްގެ ނަން ފާސް ކޮށްދެއްވުން އެދެމެވެ." ރައީސްގެ ސިޓީގައިވެ އެވެ.
ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކޮށްފައި ވަނީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
ކޮމެންޓް