އިސްލާމީ މަރުކަޒުގައި ރަމަޟާން މަހު ތަރާވީޙް ނަމާދުކުރުމަށް ޙާފިޠުން ހަމަޖައްސައިފި

އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒުގައި ރަމަޟާން މަހު ތަރާވީޙް ނަމާދުގެ އިމާމުކަން ކުރުމަށް ޒުވާން ޙާފިޡުން ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި ތަރާވީޙް ނަމާދުގެ އިމާމުކަން ކުރާ ބޭފުޅުންގެ ތެރޭގައި ޒުވާން ދެ ޙާފިޡުން ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓްރީން ރޭ ވަނީ ރަމަޟާން މަހު އެ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ ބޭފުޅުންގެ ނަންފުޅުތައް އިޢުލާނު ކުރައްވާފައެވެ. މި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

1. މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޡު ސަލްމާން މުޙައްމަދު ލަޠީފް
2. އަލްޙާފިޡު އުވައިސް ބިން އިނާޒް
3. އަލްޙާފިޡު ޚިޟުރު ބިން ޢިމާދު
4. އައްޝައިޚު އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް

މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، އައްޝައިޚު އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް އިމާމުކަން ކުރައްވާނީ ފަހު ދިހައިގައެވެ. އަދި ފަހު ދިހައިގެ ދަމު ނަމާދުގެ އިމާމުކަން ކުރައްވާނީ އައްޝައިޚު އަލްޙާފިޡު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފެވެ.

ޒުވާން ޙާފިޡުންގެ ތެރެއިން އަލްޙާފިޡު އުވައިސް ބިން އިނާޒަކީ 16 އަހަރުގެ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި ބޭފުޅެކެވެ. މި އަހަރު އޭނާއަށް 17 އަހަރު ފުރިވަޑައިގަންނަވާނެއެވެ. އަދި އަލްޙާފިޡު ޚިޟުރު ބިން ޢިމާދަކީ 10 އަހަރުގެ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި ބޭފުޅެކެވެ. މި އަހަރު އޭނާއަށް 18 އަހަރު ފުރިވަޑައިގަންނަވާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.