ރައްޔިތުންގެ މަޖިލިސް
ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައި އޮތީ މާދަމާ
މި ހަފްތާ ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައި އޮތީ މާދަމާއެވެ.
މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ޖަލްސާތައް ބްރޯޑްކާސްޓް ކުރަން އާ ވީޑިއޯ ރޫމްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ބްރޯޑްކާސްޓު ކުރަން ދަތިތަކެއް ހުރި ކަމަށެވެ.
އެހެންވެ، މި ދައުރުގެ ޖަލްސާތައް އަންނަ ހަފުތާ ހޯމަ ދުވަހު ފަށަން މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ.
ކޮމެންޓް