ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ރަހީނުކޮށްފި

ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ރަހީނުކޮށްފި

ލީބިޔާގެ ސިޓީއެއް ކަމަށްވާ ބެންގާޒީ ތަމްސީލުކުރައްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އިބްރާހީމް އަލް ދިރްސީ ރަހީނުކޮށްފައިވާ ކަމަށް ލީބިޔާގައި ހުންނަ އދ.ގެ މިޝަނުން ބުނެފިއެވެ.

ލީބިޔާގައި ހުންނަ އދގެ ސަޕޯޓް މިޝަނުން ވަނީ އަލް ދިރުސީ ރަހީނުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިރުސީ ރަހީނުކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދިރުސީ ހޯދައި އެކަން ޔަގީންކުރުމަށް ލީބިޔާގައި ހުންނަ އދގެ ސަޕޯޓް މިޝަނުން ވަނީ ގޮވައިލައިފައެވެ. އަދި އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ކުރުމަށްވެސް އެ މިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވައިލައިފައެވެ.

2019 ވަނަ އަހަރު ސިހާމް ސާގޭވާ ކިޔާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް ވަނީ ރަހީނުކޮށްފައެވެ. އޭނާ އަދިވެސް ފެނިފައެއްނުވެއެވެ.

ލީބިޔާގެ ހުޅަނގާއި އިރުމަތީގައި ވެރިކަން ކުރަނީ ދެ ސަރުކާރަކުންނެވެ. އޭގެ ތެރެއިން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައި ވަނީ ހުޅަނގުގައި ވެރިކަން ކުރާ ޢަބްދުލްޙާމިދުގެ ސަރުކާރެވެ.

ލީބިޔާގައި ދެ ސަރުކާރެއް އުފެދިފައި ވަނީ އެ ގައުމުގެ އިންތިހާބީ ބޮޑުވަޒީރު މުޣައްމަރް ޤައްފީގެ ސަރުކާރު 2011 ވަނަ އަހަރު ވައްޓައިލުމާ ގުޅިގެންނެވެ. ޤައްޜާފީގެ ސަރުކާރު ވައްޓައިލާ އޭނާ އަވަހާރަ ކޮށްލާފައި ވަނީ ނޭޓޯއިންނެވެ.

އޭގެފަހުން ކުރި ދާހިލީ ހަނގުރާމައާއި ހަލަބޮލިކަމުން އަރައިގަތުމުގެ މަސައްކަތް ލީބިޔާއިން އަދިވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.