ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ދިރާސާކުރުން މުހިންމު: މިނިސްޓަރ ޑރ. ޝަފީޢު

މިނިސްޓަރ ޑރ. ޝަފީޢު

މިނިސްޓަރ ވިދާޅުވިގޮތުގައި ތަފާތުކުރުމެއް ނެތި، ހުރިހާ ކުދިން ޝާމިލުވާނެހެން، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި މުދައްރިސުން އަބަދުވެސް މަސައްކަތްކުރައްވަން ޖެހޭ

ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް, މުދައްރިސުން ދިރާސާކުރުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 7 ވަނަ ބައިނަލްއަޤްވާމީ ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ތަފާތުކުރުމެއް ނެތި، ހުރިހާ ކުދިން ޝާމިލުވާނެހެން، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި މުދައްރިސުން އަބަދުވެސް މަސައްކަތްކުރައްވަން ޖެހެއެވެ. އެހެންކަމުން، އުނގަންނައިދިނުމަށް އަންނަ އީޖާދީ އައު ބަދަލުތަކަށް ހޭނި، ތަފާތު އުނގެނުމުގެ ބޭނުންތައް ދެނެގަނެ، ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ދިރާސާ ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދިރާސާ ކުރުމުގެ ސަބަބުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އޭގެ ހެޔޮ އަސަރުކޮށް، ދަރިވަރުންނަށް އުނގެނުމަށް ފަހި ވެއްޓެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ތަފާތުކުރުމެއްނެތި، ހުރިހާ ދަރިވަރުންނަށް ވެސް އެ ދަރިވަރުންނާ އެކަށީގެންވާ ގޮތަށް ތަޢުލީމު ފޯރުދިނުމަށް ބޭނުންވާ އުކުޅުތައް ދެނެގަނެ، ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށާއި، އެއީ ވަރަށް ބޮޑު ޒިންމާއެއްކަމަށް ވިދާޅުވެ، މިނިސްޓަރ ވަނީ، އުނގަންނައިދިނުމުގައި ދިރާސާކޮށް، ޢިލްމު ކުރިއެރުވުމަށް ހުރިހާ މުދައްރިސުން ވެސް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.