ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފި

ވަޒީރުންގެ ގޮތުގައި ހުވާކުރައްވަނީ

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަންކުރެއްވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަޤާމުގައެވެ. މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ޢައްޔަންކުރެއްވި މޫސާ ޒަމީރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައެވެ. މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބުދުﷲ ނާޠިމް އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.