ގަވަރުނަރު ހާޝިމް
ހާޝިމް ޒިންމާ އަދާނުކުރައްވާކަމުގެ ކަންބޮޑުވުން މަޖިލީހުގެ ތަޅުމުގައި ފާޅުކުރި
މޯލްޑިވްސް މަނެޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ރިޔާސަތުގައި އިންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާނުކުރެއްވި ގޮތުގައި ހާޝިމް ވަކިކުރަން މަޖިލީހުގެ ރައީސަށް ލަފާދޭން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެޑައިގެން މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުންގެ ތާއީދާ އެކުއެވެ.
ތަޅުމުގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަނީ ހާޝިމް ޒިންމާ އަދާނުކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"އެމްއެމްއޭއަށް ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރެވިފައި ނެތްއިރު އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައި މަނިޓަރީ ޕޮލިސީ އެކަށިގެންވާ ގޮތެއްގައި ހިނގަމުން އަންނަ ކަމަކަށް ނުފެނޭ،" ނާޒިމް ކޮމިޓީގައި ވިދާޅުވިއެވެ.
މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް ގެނައި ބަދަލެކެވެ.
ކޮމެންޓް