އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

ޒުވާނުން ސަޤާފީ ކަންކަމަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ޤާއިމުކުރާ މި މަރުކަޒަކީ ބީސީސީއާއި ޕޮލިޓެކްނިކް އިން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަރުކަޒެއް

އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމަށް އަމާޒުކޮށް މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މި އެއްބަސްވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިދާރާގެ ސިއީއޯ، ޛޫޝާން ކަމާލުއްދީންއެވެ. އަދި ބީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ޗީފް ސްޓްރެޓެޖިކް އޮފިސަރ، މަރްޔަމް ނަޝާ އެވެ.

"އާރޓްސް އެންޑް ކަލްޗަރ ސެންޓަރު"ގެ ނަމުގައި، ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކަ ރައްކާތެރިކުރުމާއި، އުފެންދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތަށް ފަހިކޮއްދިނުމާއި، ޒުވާނުން ސަޤާފީ ކަންކަމަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ޤާއިމުކުރާ މި މަރުކަޒަކީ ބީސީސީއާއި ޕޮލިޓެކްނިކް އިން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަރުކަޒެކެވެ. އޮގޮތުން، މި މަރުކަޒާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މި މަރުކަޒުގައި ތަފާތު އެތަށް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިބަހާއި އަދަބިއްޔަތާއި ތާރީހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ދާއިރާ ދިރުވައި ޢާލާކުރުމުގެ އިތުރުން އެ ދާއިރާތަކުން އިޤްތިޞާދީ ނަފާ ހޯދުމަށް މަސައްކަތްކުރުމަކީ ރަޢީސުލް ޖުމުޙޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ މި މަސައްކަތް ތަންފީޒުކުރުމަށް އެޅިގެންދާ ވަރަށް މުޙިއްމު ފިޔަވަޅެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.