ހިޖާމާ ޖަހަނީ
2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެތަން ބަންދު ކުރުމަށް އަންގާފަ
ހެލްތް މިނިސްޓްރީގެ ހުއްދަ ނުހޯދާ ޚިދުމަތް ދޭތީ، 'ފަޒީސް ހިޖާމާ ތެރަޕީ' ބަންދުކޮށްފިއެވެ.
ފަޒީސް ހިޖާމާ ކްލިނިކްއިން ދެމުން އަންނަ ހިދުމަތް ހުއްޓާލުމަށް ހެލްތް މިނިސްޓްރީން އެންގި އެންގުމަށް ބޯލެނބުމެއްނެތި އެ ހިދުމަތް ދެމުން ގެންދާތީ، އެތަން ބަންދުކޮށްދިނުމަށް މިނިސްޓްރީން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ޚިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައި ވާތީ، އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލައިފައި ވާކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ހުއްދަ ނަގައިގެން ވިޔަފާރީގެ އެފަދަ މުއާމަލާތް ކުރުމަށް ކްލިނިކްގެ ވެރިފަރާތްކަމުގައިވާ ފަޒީލާ ޢުސްމާނަށް ލިޔުމުން ނަސޭހަތް ދީފައި ވާނެކަމަށާއި ހުއްދަ ލިބެންދެން މިހާރުދޭ ޚިދުމަތްތައް މެދުކަނޑާލުމަށް އަންގައިފައި ވާނެކަކަމަށް ވެސް ފުލުހުން ބުންޏެވެ.
"ފަޒީސް ހިޖާމާ ތެރަޕީ" އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހިޖާމާގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ. 2019 ވަނަ އަހަރު ވެސް ހެލްތް މިނިސްޓްރީން ވަނީ އެތަން ބަންދު ކުރުމަށް އަންގާފައެވެ.
ކޮމެންޓް