ރާާއްޖޭގައި ހުރި ވަކި ވަކި ޖަލުތަތައް އުވާލާ ސެންޓަރަލް ޖަލެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ

ރާާއްޖޭގައި ހުރި ވަކި ވަކި ޖަލުތަތައް އުވާލާ ސެންޓަރަލް ޖަލެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ

ރާއްޖޭގައި މިވަގުތު އެންމެ ބޮޑު ޖަލޫ ހުރީ މާފުށީގައިއެވެ. އޭގެ އިތުރުން ހިންމަފުށީގައި އައްސޭރި ޖަލާއި ފުލުހުންގެ ބޭނުމަށް ދޫނިދޫގައިވެސް ޖަލެއް ހުރެއެވެ.

ދާހިލީ ވުޒާރާއިން ކޮންމެ ހަފްތާއަކުން ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އަލީ އިހްސާން ވިދާޅުވީ ސެންޓަލް އެއް ޖަލު ގާއިމުކުރުމުގެ ބޭނުމަކީ މީހުން ބަންދުކުރެވެނީ ހަމައެކަނި ގޮޅީތަކުގައި ބަންދުކޮށް ގެންގުޅުމުގެ ބަދަލުގައި ރިހިބިލިޓޭޓް ކޮށް މުޖުތަމައަށް ފައިދާ ހުރި ބަޔަކަށް މީހުން ބަދަލުކޮށް އަވަހަށް އެމީހުން އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތް ހެދުމަށްކަމަށެވެ.  

" އަޅުގަނޑު ދެކެން ބޭނުންވާ ދުވަހަކީ ޖަލުތަކުގައި މީހުން ގެންގުގުޅެން ނުޖެހޭ މާހައުލެއް ރާއްޖޭގައި އޮތުން. އެގޮތަށް ކްރައިމް ޕްރިވެންޝަންގެ މަސައްކަތްތައްވެސް ކުރާނީ، ހަމަ އެއާއި ޖަލަށްލެވޭ މީހުންގެ ރިހި ބިލިޓޭޝަންވެސް ކުރިޔަށް ގެންދަނީ." ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

ޖަލުތައް ބެލެހެއްޓުމާއި ގައިދީންނަށް ދޭންޖެހޭ ހިދުމަތްތައް ދޭން މިހާރު ބޮޑު ހަރަދެއް ހިނގާ ކަން އިހްސާން ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ މަހަކު ޖަލުގައި ތިބޭ ކޮންމެ މީހަކަށް 21،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދު އަދަދަކަށް ފައިސާ ހޭދަވާކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.