އަލީ އައިމަން
ހުޅުމާލެ ދެކުނު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައިފައިވާ ކަމަށް މީސް މީޑިއާގައި އިއުލާން ކުރައްވާފަ
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އަލީ އައިމަން ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އައިމަން ވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައިފައިވާ ކަމަށް މީސް މީޑިއާގައި އިއުލާން ކުރައްވާފައެވެ. އެއާއެކު މިމަސައްކަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެންމެހާ ލޮބުވެތި މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އައިމަން ވަނީ އެދިފައެވެ. އައިމަން އަކީ އެންމެ ފަހުން ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާ ހޮވިވަޑައިގަތް ފަރާތެވެ. އައިމަން ވަނީ ކައުންސިލް ގޮނޑިއަށް ކެންޕެއިން ކުރެއްވި އިރުވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނޭ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ އުމުރުފުރައަކާއި ގުޅި، ޕާޓީއަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ޙިދުމަތް ކުރާނޭ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުވުމަށްފަހުގައި ވެސް އައިމަން އަންނަނީ އެ ބަހުގައި ހިފަހައްޓަމުންނެވެ. ފެންނަނީ ވަރުބަލިކަމެއްނެތި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންތަށްތަށް ހުޅުމާލެއިން ކޮށްދެއްވަމުން ގެންދަވާތަނެވެ.
މިވަގުތުވެސް އައިމަން ދަނީ އިންޓަނޭޝަނަލް ޓޫރިޒަމް އެލަޔަންސް އޮފް ސިލްކް ރޯޑް ސިޓީސް ( ޗައިނާ - ކުންމިން ) ކޮންފަރެންސްގައި މާލެ ސިޓީ ތަމްސީލު ކުރަމުންނެވެ
އައިމަން މާލެ ސިޓީގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ އާއި އެކު އިންޓަނޭޝަނަލް ޓޫރިޒަމް އެލަޔަންސް އޮފް ސިލްކް ރޯޑް ސިޓީސް ( ޗައިނާ - ކުންމިން ) ކޮންފަރެންސްގައި
އައިމަންއަށް ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ރައީސްކަން ލިބިވަޑައިގަންނަވައިގެން ދާއިރާއަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިވަޑައިގެންނަވާނެކަން ކަށަވަރެވެ. އަދި ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީގެ ހަރަކާތްތަށް އެހެން ހަރަފަތަކަށް ގެންދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކޮމެންޓް