ކެނެޑާ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގައި ނިއުޒީލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރީން، އެ ޓީމުގެ ޕްރެކްޓިސް ގްރުންދް މަތިން ކެނެޑާ ޓީމުގެ އޮފިޝަލަކު ޑްރޯން ދުއްވި މައްސަލަ، އެ ޓީމުގެ ކޯޗު ބެވަލީ ޕްރީސްޓްމަން އެއް އަހަރަށް ސަސްޕެންޑްކޮށްފިއެވެ.
ވަގަށް ޑްރޯން އެއް އުދުއްސައިގެން އިދިކޮޅު ޓީމުގެ ޕްރެކްޓިސް ރެކޯޑް ކުރި ކެނެޑާގެ އަންހެން ފުޓްބޯޅަ ޓީމުގެ ދެ އޮފިޝަލުން އޮލިމްޕިކްސް ފެށުނުތަކާ ވަނީ ރަށަށް ފޮނުވާލާފައެވެ. މި މައްސަލައިގައި ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ހަ ޕޮއިންޓް އުނިކުރި ކުރުން އެޕީލް ކުރާނެ ކަމަށެވެ.
ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސީއީއޯ އަދި ޖެނެރަލް ސެކެޓްރީ، ކެވިން ބްލޫ ވަނީ، އެ ގައުމުގެ އަންހެން ޓީމުގެ ކުޅުންތެރިންނާ މެދު ފީފާ އިން އަޅާފައިވަނީ މާ ހަރުކަށި އަދަބެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ފީފާ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އިން މި މައްސަލަ ބަލަންފެށީ، އޮލިމްޕިކްސްގައި ފުރަތަމަ މެޗު ކުޅުމުގެ ކުރިން ނިއު ޒީލޭންޑުގެ ތަމްރީނު ސެޝަންތައް ކުރިއަށްދަނިކޮށް އެތަނުގެ މަތިން ކެނެޑާގެ މުވައްޒަފުން ޑްރޯން ދުއްވާފައިވާކަމަށް ނިއުޒިލޭންޑުން ޝަކުވާ ހުށަހެޅުމުންނެވެ.
ކޮމެންޓް